• Increase font size
  • Default font size
  • Decrease font size

އަޅުގަނޑުމެންނީ ކޮންބައެއް؟

އަޅުގަނޑުމެންނަކީ އީސާ އަލްމަސީހު ދުނިޔޭގައި މިއަދުވެސް ދިރިހުންނެވިކަން ތަޖްރިބާކޮށް ޤަބޫލްކުރާބަޔަކީމެވެ. އެކަލޭގެފާނުން ވަނީ އަޅުގަނޑުމެންގެ ފާފަތަށް އަފޫކޮށް ދެއްވާފައެވެ. އެކަލޭގެފާނުން އަޅުގަނޑުމެން ދިރި އުޅޭ ގޮތް ބައްލަވައެވެ. އެކަލޭގެ ފާނުން އަޅުގަނޑު މެންގެ ހިތްތައް ބަދަލް ކުރައްވައި ސުވަރުގެ ވަނުމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

އަޅުގަޑުމެންގެ އެދުމަކީ ތިޔަބޭފުޅާއަށް ވެސް އީސާ އަލްމަސީހުއާއި ބެހޭގޮތުން ހޯދާ ބެލުމުގެ ފުރުސަތު ލިބިދިނުމެވެ. އޭރުން އެކަލޭގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ ރަސްކަންފުޅާ ތިޔަބޭފުޅާ އާއި ދެމެދު ބޭއްވެންއޮތް ފުރިހަމަ ގުޅުން ގާއިމުވެ އަދި އީސާގެފާނަށް އީމާންވާ އެހެން މީހުއްނާއިއެކު ތިޔަބޭފުޅާގެ ތަޖުރިބާތަށް ހިއްސާ ކުރެވޭނެ މަގު ވެސް ތަނަވަސްވާނެއެވެ.

އަޅުގަނޑު މެންގެ މެދުގައި ސިޔާސީ ކަންކަމާ މެދު އެއްވެސް ސައުގުވެރިކަމެއް ނެތެވެ. އަދި ދާހިލީ އެއްވެސް ހަމަނުޖެހުމެއް ގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނުވެއެވެ. އަޅުގަނޑުމެށްނީ އެކީއެކުގައި އަކުރުން އަކުރަށް އިންސާނީ ޙައްޤު ތަކާ ބެހޭ ބައިނަލް އަޤުވާމީ މުވާހަދާ ޤަބޫލް ކުރާ ބަޔަކީމެވެ. އަދި ހުރިހާ ބާވަތެއްގެ އޮޅުވާލުމަކަށް ދެކޮޅުހަދާ، ނަހަމަގޮތުގައި ފައިސާގެ ރިޝްވަތާ އަދި މަކަރު ހެދުމަށް ދެކޮޅު ހަދާބަޔަކީމެވެ.