މާތްކަލާނގެ އަހަރެމެން ހައްދަވާފައިވަނީ ވިސްނުމާއި ހެޔޮނުބައި ދެނެގަތުމާއި އިޚްތިޔާރު ކުރުމާއި ކަންތައްތައް ކުރަންވީގޮތް ނިންމުމުގެ ކުޅަދާނަކަމާއި އެކުގައެވެ. މުޅި ތާރީޚްގެ ތެރެއަށް ބަލާއިރުވެސް އެކަލާނގެ ވަނީ އެކަލާނގެ ވޮޑިގެންވާކަން މީސްތަކުންނަށް ބަޔާން ކުރައްވާ އަދި ލިޔެވިގެންވާ މަޢުލޫމާތު އަޅުގަނޑުމެންނަށް ދެއްވާފައެވެ. އެކަލާނގެ ދެކެ ލޯބިވުމަކީ މަޑު މޮޅި ހިތަކާއި އެކު މަޢުލޫމާތު ހޯދައި، ފޮތްކިޔައި، ދިރާސާކޮށް، ހެޔޮނުބައި ވަކިކޮށް އަދި ގޮތެއް ނިންމަން ދެނެގަތުމެވެ.
އެކަމަކު މަޢުލޫމާތު ހޯދުމުން އެކަންޏެއް ނުފުދޭނެއެވެ. ޢީސާއަލްމަސހު ވިދާޅުވެފައި ވަނީ: “އެއްވެސް މީހަކު މާތްކަލާނގެ ރުހިވޮޑިގަންނަވާގޮތް ޚިޔާރު ކުރާނަމަ އަހަރެން މިދަސްކޮށްދޭ ތަކެއްޗަކީ އަހަރެންގެ އަމިއްލަ އެއްޗެއްތޯ ނުވަތަ އެކަލާނގެ ޙަޟުރަތުން އައި އެއް ޗެއްތޯ ބަލަންވާނެއެވެ”، (ޖޯން 7.17 ). އެކަލޭގެފާނު ވިދާޅުވިތަކެތި އަހަރެމެން ޤަބޫލުކޮށް ކިޔަމަންވާނަމަ، އަހަރެމެން ޙައްޤު ގޮތް ހޯދައި ބަލަންވާނެއެވެ.
އަހަރެމެންނަށް އަލްމަސީހުއައީ ކޮބައިކަން ބަޔާންކޮށް ދެއްވުމަށް އެކަލާނގެ ކިތަންމެހާވެސް ޝައުޤުވެރިވެ ވޮޑިގެންވެއެވެ. ޢީސާގެފާނު ވިދާޅުވަނީ: “އަހަރެން މި ދުނިޔެއަށް ފޮނުއްވި ބައްޕާފުޅު، އެމީހަކު އަހަރެންގެ ގާތަށް ފޮނުއްވައިފުމަށް ދާންދެން އެއްވެސް މީހަކަށް އަހަރެންގެ ގާތަށް ނާދެވޭހުއްޓެވެ”، (ޖޯން 6.44). ކަލޭގެ ހިތައްއަރާ ކަންތައްތަކުގައި ކަލޭ ތެދިވެރިނަމަ ދެން އެކަލާނގެ ހޯދުމަށް ފަށައި، އެކަލާނގެ ކަލާންފުޅު ކިޔަވައި އެކަލާނގެ ނަފުސުފުޅު ކަލެއަށް ބަޔާންކޮށް ދައްކަވާތޯ އެދި ދަންނަވާށެވެ.
ތިކަންތައް ބިނާވެގެންވަނީ ކަލޭ ބަދަލުވާ ދީނެއްގެ މައްޗަށެވެ… ކަލޭ ޢީސާގެފާނަށް ތަބާވާނަމަ ކަލޭ ޖެހޭނީ ކަލޭގެ މިލްކިއްޔާތުގެ ވެރިކަން އެކަލޭގެފާނަށް ދޭށެވެ. އެއްދުވަހަކު މުއްސަންޖަކު ކައިރީ، އެމީހާގެ ހުރިހާ މިލްކެއް ވިއްކާލުމަށްފަހު ފަޤީރުންނަށް ދިނުމަށް ޢީސާގެފާނު ވިދާޅުވިއެވެ. ކަލޭގެ ބިމާއި މިލްކިއްޔާތު ކަލޭގެއަތުން މީސްތަކުންނަށް ނިގުޅައިގަނެވިދާނެއެވެ. ކަލޭގެ މުޅި ދިރިއުޅުން އެކަލޭގެފާނަށްޓަކައި ނުދެވޭނަމަ ކަލެއަކީ ޢީސާގެފާނަށް ތަބާވާ މީހަކުކަމުގައި ނުވެވޭނެއެވެ. ޢީސާގެފާނަށް އީމާންވުމަކުން ކަލެއަށް ފައިސާދޭނޭ ޖަމާޢަތެއް ނެތެވެ. އަދި އެފަދަ ތަނެއް ހުއްޓަސް އެކަމަކީ އަގުދެވޭ ވަރުގެ ކަމަކަށް ނުވާނެއެވެ. އެކަމަކު މާތްރަސްކަލާނގެ ޢާއިލާގެ ތެރެއިން، އެކަލާނގެ ލޯބިފުޅު، ކަލެއަށް ފެއްނާނޭ އާ އަޚުންނާއި އުޚުތުން ކަލެއަށް ލިބޭނޭއެވެ. |
އަލްމަސީޙަށް ތަބާވާ ކޮންމެ މީހަކަށް ޚާއްޞަ ގޮތެއް އެކަލާނގެ ޙަޟުރަތުގައި ވެއެވެ. އެހެންވީމާ އެމީހުންގެ ދިރިއުޅުން އެކަކު އަނެކާ ތަފާތުވެދާނެއެވެ. ކަލޭ ޢީސާގެފާނަށް ތަބާވާނަމަ ކަލެއަށް ހިތުގެ ހަމަޖެހުމާއި، އުފާވެރިކަމާއި ކުރާ ދުޢާތަކުގެ ހަރުދަނާކަމާއި، އިޖާބަކުރެއްވުން ތަޖުރިބާ ކުރެވޭނެއެވެ. ކަލޭގެ ޢާއިލާގެ މައްޗަށް އެކަލާނގެ ނިޢުމަތް ލައްވާގޮތް ފެނި ކަލޭގެ ދިރިއުޅުމުގައި އެކަލާނގެ މުޢުޖިޒާތްތަކެއް ފަދައިން މަގުފަހިކުރައްވަމުން ގެންދަވާގޮތް ކަލެއަށް ތަޖުރިބާ ކުރެވޭނެއެވެ. އެކަމަކު އެކަލޭގެފާނަށް ތަބާވާ މީހުންނަށް ކޮންމެވެސް ކަހަލަ އަނިޔާތަކާއި ކުރިމަތި ވާނެކަމުގައި ޢީސާގެފާނު ވަނީ ވަރަށް ސާފުކޮށް ވިދާޅުވެފައެވެ. މީސްތަކުން ކަލެއާއި ގުޅުންކަނޑާލާ، ކަލޭ ޖަލަށްލާ، އަނިޔާކޮށް އަދި ކަލޭގެ ހަށިގަނޑު މަރާވެސްލަފާނެއެވެ. ޢީސާގެފާނު ވިދާޅުވެފައިވަނީ: “ހަށިގަނޑު މަރާލައި، އަދި އޭގެފަހުން އިތުރުކަމެއް ނުކުރެވޭނޭ މީސްތަކުންދެކެ ބިރުނުގަންނާށެވެ. ހަށިގަނޑު މަރާލުމަށްފަހު ކަލޭ ނަރަކައަށް އެއްލާލުމުގެ ބާރު ލިބިވޮޑިގެންވާ ކަލާނގެ ދެކެ ބިރުވެތިވާށެވެ، (ލޫކް 12:5). |
ދީނުން ބޭރުކުރުމަކީ މަޖުބޫރުން ނުވަތަ ނުފޫޒުގެ ބޭނުންކޮށްގެން ބަޔަކު ސާބިތުވެ ތިބިގޮތް ބޭރުފުށުން އެހެންދީނަކަށް ބަދަލު ކުރުމެވެ. އެއީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަނާކުރާ ކަންތައްތަކެކެވެ. ދީނުގައި އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނުވާނެއެވެ. ކޮންމެ އިންސާނަކަށްވެސް އެމީހަކު ތަބާވާން ބޭނުން ގޮތެއް އިޚްތިޔާރު ކުރުމުގެ މިނިވަންކަން އޮތުމަށް އެމީހަކު ބޭނުންވާނެއެވެ. އ.ދ. ގެ އިންސާނީ ޙައްޤުތަކާއި ބެހޭ ޤަރާރަށް އަޅުގަނޑުމެން ވަރަށް ގަދައަށް ތާޢީދު ކުރަމެވެ. އަޅުގަނޑުމެން ޤަބޫލު ކުރަނީ އެކަލާނގެ މާތް ރޫޙުފުޅު މެދުވެރިކޮށް އިންސާނުންގެ ހިތްތައް ބަދަލު ކުރެއްވޭނީ ހަމައެކަނި އެ ސުވާމީންގެރަސްކަންފުޅަށް ކަމަށެވެ. |
ކަލޭ ނިސްބަތްވާ ޤައުމެއްގެ، ނުވަތަ ޢާއިލާއެއްގެ ސަބަބުން ކަލެއަށް މުސްލިމަކަށް ވެވިފައި ހުރެވިދާނެއެވެ. އެކަމަކު ތިމާ އަމިއްލައަށް ނިންމި ގޮތާއިމެދު އެކަލާނގެ ޙަޟުރަތުގައި ކޮންމެ އިންސާނަކުވެސް އަމިއްލައަށް ޒިންމާވާން ޖެހެއެވެ. އެއީ ތިމާ އުފަންވި ޢާއިލާއަކާއި ހެދި ނުވަތަ ޤައުމަކާއިހެދި ނިންމި ގޮތަކަށް ވެގެންނުވާނެއެވެ. ޤިޔާމަތްދުވަހުން ތިމާ އުޅުނު ދީނާއިމެދު އެހެންބަޔެއްގެ ބޮލުގައި އެއްވެސް މީހަކަށް އެކުށް ނޭޅުވޭނެއެވެ. އެސުވާމީންގެ ހޯދުމަށް ތެދުހިތުން މަސައްކަތްކުރާ މީހުންނަށް އެކަލާނގެނަފުސުފުޅު ފައުޅުކޮށްދައްކަވާނެ ކަމުގައްޔާއި ތެދުމަގު ދައްކަވާނެކަމުގައި އެކަލާނގެ ވަޢުދުވެ ވޮޑިގެންނެވިއެވެ. އެކަލާނގެ އެތައްޒަމާނެއް ކުރިން ރަސޫލުންނަށް ބަސް ވަޙީކުރެއްވިފަދައިން ކަލޭގެ ހިތަށްވެސް އެކަލާނގެ ބަސް ވަޙީކުރައްވަފާނެއެވެ. ކަލެއަށް އެކަލާނގެ އަޑުފުޅު އިވޭހިނދު ފަހެ ކަލޭގެ މުޅި ހިތުން އެކަލާނގެއަށް ތަބާވާހުށިކަމެވެ. އެކަމުގެ އަގު ކިތަންމެ ބޮޑުވިޔަސްވެހެވެ. |
ޤުރުއާނާއި އިންޖީލުން އަޅުގަނޑުމެން ޢީސާގެފާނާއި ބެހޭގޮތުން ދިރާސާކޮށްފިނަމަ އެކަލޭގެފާނަކީ މިދުނިޔޭގައި އެފަދަ ދެވަނައެއް ނުވާ ކަލޭގެފާނުކަން އަޅުގަނޑުމެންނަށް އެގެއެވެ. |
ކުރީގެ ދުވަސްތަކުގައި ނަޞާރާދީން ގުޅިފައިވަނީ ހުޅަނގު ދުނިޔޭގެ ގޮތްތަކާއި އާދަކާދަތަކާއިއެވެ. ނަމަވެސް ޙަޤީޤަތުގައި އެދީނުގެ އީމާންތެރިކަން މޫގަނެފައީ ވަނީ މެދުއިރުމަތީގެ ސަޤާފަތާއި ދިރިއުޅުމުގެ ގޮތްތަކުގައެވެ. ޢަދުންކީ ސުވަރުގެ ހުރީ މެސޮޕޮޓޭމިއާގެ ކޮންމެވެސް ހިސާބެއްގައެވެ. ހުރިހާ ރަސޫލުންވެސް އުޅުއްވާފަ ވަނީ ހުޅަނގު އޭޝިއާގައެވެ. ޢީސާ މަސީޙާއި އެކަލޭގެފާނުގެ ހަވާރިއްޔަ ބޭކަލުންނަކީ އޭޝިއާގެ ސެމެޓިކް އަޞްލުން ވަޑައިގެން ތިއްބެވި ޔަހޫދީ ދަރިކޮޅުގެ ބައެކެވެ. ފުރަތަމަ ނަޞާރާދީނުގެ އީމާންތެރިކަން ފެތުރުނީ އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ތެރެއަށެވެ. މިއަދު އަންދާސާ ކުރެވެނީ ޢީސާގެފާނުގެ ތާބިޢީންގެ ތެރެއިން %80 މީހުންނަކީ ހުޅަނގުގެ މީހުން ނޫންކަމުގައެވެ. މިސާލަކަށް ޗައިނާގައި މިހާރުވެސް ދަނީ ޢީސާގެފާނު ޤަބޫލުކުރާ މީހުން ވަރަށް ހަލުއިކަމާއިއެކު އިތުރުވަމުން އަދި އެމީހުންގެ މުޖުތަމަޢު ބަދަލުވަމުންނެވެ. |
ބަދަލުވެފައިވާ ހިތެއް ތަޖުރިބާކުރި މީހުންނާއި ނަޞާރާ ދީނުގައި ހަރުދަނާކަންމަތީ ހިފަހައްޓައިގެން ތިބޭ މީހުންނާއި އަހަރެމެން ދަނެ ފާހަގަ ކުރަންޖެހޭނެއެވެ. ނަޞާރާ ޢާއިލާއަކަށް އުފަންވެފައިވުމުން ނުވަތަ ހުޅަނގުގެ މުޖުތަމަޢެއްގައި ބޮޑުވުމުން ބަޔަކަށް ޢީސާގެފާނުގެ ތާބިޢީން ކަމުގައި ނުވެވޭނެއެވެ. ޢީސާގެފާނު ވިދާޅުވަނީ: ” އެސުވާމީންގެ ރުހިވޮޑިގަންނަވާ ގޮތަށް އުޅޭމީހާއަކީ އަހަރެންގެ އަޚެވެ. އަދި އުޚުތެވެ. އަދި މައްމައެވެ. (މާރކް 3:35). |
ދީނީ ޢިލްމު ވެރިޔަކު ޢީސާގެފާނުއަރިހު ތިޔަ ސުވާލު ދެންނެވުމުން އެކަލޭގެފާނު ވިދާޅުވީ: ” ކަލޭގެ މުޅިހިތުން ނާއި ފުރާނައިންނާއި ކަލޭގެ ހުރިހާ ބާރަކުންނާއި ސިކުނޑިން މާތްރަސްކަލާނގެ ދެކެ ލޯބިވާށެވެ. އަދި އަމިއްލަނަފުސު ދެކެ ލޯބިވާފަދައިން ކަލޭގެ އަވައްޓެރިޔާދެކެ ލޯބިވާށެވެ. |
ޙަޤީޤީ ލޯތްބަކީ ގުނޭ އެއްޗެއް ނޫނެވެ. ޙަޤީޤީ ލޯބި ދޭންވާނީ މިނެއްނެތިއެވެ. އެކަލާނގެ ޢަފޫ ކުރެއްވުމާއި އަދި އާ ޙަޔާތް ދެއްވަނީ ހަމަ ހިލޭއެވެ. އެއްވެސް މީހަކަށް އެކަންތައް ޙައްގެއް ނުވެއެވެ. އެއްވެސް މީހަކަށް އޭގެ އަގު އެކަލާނގެއަށް އަނބުރާ ނުދެވެއެވެ. އެއްވެސް މީހަކު އޭނާގެ ހެޔޮ ޢަމަލާއިހެދި ސުވަރުގެއަށް ނުދެއެވެ. މީސް ތަކުން ހަމައެކަނި ސުވަރުގެއަށް ވަންނާނީ ޢީސާގެފާނު އެމީހުންގެ ފާފަތަކަށްޓަކައި އެ ޞަލީބުގައި ފުރާނަފުޅު ދޫކޮށްލި ކަމަށްޓަކައެވެ. އެކަމަކު ﷲ ގެ ލޯބިފުޅު ތަޖުރިބާ ކޮށްފައިވާ މީހުންނަށް އެލޯބި އަނެކުންގެ މައްޗަށް ހިލޭ ދެވިދާނެއެވެ. އަދި ޢަފޫ ކުރެއްވުން ތަޖުރިބާ ކުރި މީހުންނަށް އަނެކުންނަށް މަޢާފު ކުރެވިދާނެއެވެ. |