ބަދަލުވީ ހިތެއް

ތެދު ހަޤީޤީ ވާހަކަތަކެއް. ދިވެހިރާއްޖޭގެ އެތައް އެތައް ބަޔަކު އީސާގެފާނު މެދުވެރިކޮށް ލިބޭ ލޯތްބާއި އެކަލޭގެފާނުގެ ބަސްފުޅުތަށް ގަބޫލުކުރުމުން ލޮބޭ އުފާތަށް ތަޖްރިބާކޮށްފި. މިއީ އެމީހުންގެ ވާހަކަތަށް. އެމީހުނގްގެ ރައްކާތެރި ކަމަށްޓަކާ މިތާގައި ބޭނުމްކޮށްފައި މިވަނީ އެމީހުންގެ އަސްލުނަމެއް ނުން.

އަލްމަސީހު ޢީސަ ބުނު މަރިޔަމް ދެއްކެވި މަގުގެ ތެރެއަށް އަހަންނަށް ވަދެވުނީ ވަރަށް ގިނަ ދުވަސްތަކެއްގެ ތެރޭގައެވެ. އަހަރެން އެންމެ ކުރިން ސްކޫލަށް ދިޔައީ އަހަރެންގެ ރަށުގައެވެ. އީސާގެފާނަށް އިގިރޭސީން އީމާންވިގޮތުގެވާހަކަ ލިޔެފައިވާތަންކޮޅެއް އޮތް ފޮތެއް، އަހަރެންގެ ސްކޫލުގެ ލައިބްރަރީގައި އޮއްވާފެނިގެން ކީމެވެ. “ޖީސަސް ކްރައިސްޓ” މި ނަންފުޅު އަހަންނަށް ފުރަތަމަ އިވުނީ މިހެންނެވެ. ބައެއް ކުދިން ބުނީ އެއީ އީސާގެފާނު ކަމަށެވެ. ގެއަށްގޮސް އެއީ ތެދެއްތޯ އެހުމުން ގޭމީހުން ވާހަކަ ބަދަލުކުރީއެވެ. އަހަރެން ކީ ކޮން އެއްޗެއްކަން ގޭ މީހުނަށް އެގުނީ ކަންނޭގެއެވެ. ކޮންމެއަކަސް އީސާގެފާނާއި ބެހޭ ގޮތުން ކަންކަން އޮޅުންފިލުވަން އަހަރެން ބޭނުންވިއެވެ.

އޭގެ ގާތްގަޑަކަށް އަހަރެއްހާ ދުވަސް ކުރިން، އަހަރެން ގުރޭޑު 3 ގައި އުޅެނިކޮށް، އަހަރެންގެ ސްކޫލުގެ ހެޑުމާސްޓަރާއި ރަށުގެ ވެރީން ވެގެން، ނަމާދު ހާޒިރީ ހަދައިގެން، އަހަރެމެން ކުދީން ލައްވައި ނަމާދުކުރަން ޖެއްސި އެވެ. އެ ދުވަސްވަރު އަހަރެންގެ ރަށު މީހުން ނަމާދުގެ މައްޗަކަށް މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އަދި އެއީ މާބޮޑު މަޖުބޫރު ކަމެއް ކަމަކަށެއްވެސް ނުދެކެއެވެ. އެހެންވެގެން، ހާޒިރީ ހަދައިގެން ނަމާދު ކުރާ ކަންތަކަށް ޅަ ކުދީންގެ މެދުގައި ނަފުރަތު އުފެދުނެވެ. އަދި ވަކިން އަހަރެން އެ ކަންތަކާ ފޫހި ވިލެއް ބޮޑުކަމުން، ގިނައިން ނަމާދަށް އަރަނީ ޖަމާއަތުގެ ވަގުތު ދާފަހުންނެވެ. އެއް ދުވަހަކު އަސުރު ނަމާދަށް އެރިއިރު މުދިންބެއެއްވެސް ނެތެވެ. އެންމެން ނަމާދުކޮށް އަވަދިވެގެން މިސްކިތުން ފައިބައިފިއެވެ. އަހަރެމެންގެ ރަށުގައި އޭރު އުޅެނީ ވަރަށް މަދު މީސްކޮޅެކެވެ. އެހެންކަމުން ވަރަށް އަވަހަށް މިސްކިތުން މީހުން ހުސްވެއެވެ. ދެން ކޮންމެއަކަސް އަހަރެން އަސުރު ނަމާދަށް ހަށަން ބަދެފައި ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ގިބުލައަށް ފުރަގަސް ދީ، ކަކޫޖެހުމަށް ފަހު، ދެއަތް މައްޗަށް ނެގީމެވެ. އަހަންނަށް އެހެން ހެދުނީ ކީއްވެގެން ކަމެއް ހަމަ އެއްގޮތަކަށްވެސް ނޭގެއެވެ. އެކަމަކު މިކަންތައް އަހަރެންގެ ހިތުގައި އަބަދުވެސް އޮވެއެވެ. އެތައް އަހަރެއްގެފަހުން ރާއްޖެއިން ބޭރު ރަށެއްގައި، އީސާގެފާނަށް ތަބާވެގެން ތިބި ބަޔަކުގެ އެއްވުމަކަށް ދިޔަދުވަހަކު، އެމީހުން ކަކޫ ޖަހައި އަތްނަގައިގެން ތިބެ ދުއާ ކުރި ތަން ފެނުނެވެ. އެތަން ފެނުމުން އޭގެ އެތަކެއް ދުވަސްތަކެއްގެ ކުރިން އަހަންނަށް ހެދުނު ގޮތް ހެދުނީ ކީއްވެގެން ކަން ރޭކާލިއެވެ. އެހާ ގިނަ ދުވަސްތަކެއްގެ ކުރިން އަހަރެންގެ އަމިއްލަ ރަށުގައިހުރި މިސްކިތެއްގައި، އީސާގެފާނަށް އީމާންވާމީހުން ދުއާކުރަން ތިބޭ ގޮތަކަށް ހުންނަން އަހަރެން ހިތަށްއެރީ، މާތް ރޫޙުފުޅު އަހަރެން އެ ގޮތަށް ކަންތައް ކުރުމަށް ހިންމަވައި، މައްކާގެ ގިބުލައިން ފުރަގަހަށް އެބުރުއްވެވުމުން ކަން އަހަންނަށް އެގުނެވެ.

ކޮންމެއަކަސް، އިސްލާން ދީނާއި ބެހޭގޮތުން އަހަރެން ކުރަމުން ގެންދިޔަ އުދަގޫ ސުވާލުތަކުގެ ސަބަބުން، އަހަރެންގެ ގޭ މީހުންނާއި ގޭ މީހުންގެ ރަށްޓެހި، ސަލަފީ ވައްތަރުގެ ހައްދު ފަހަނަޅާފައިވާ ޝޭޚުން އަހަންނަށް އިސްލާމީ އެކިއެކި ލިޔުންތައް ދައްކަން ފެށިއެވެ. އެފަދަ ފޮތްތައް ކިޔުމަށްފަހު، އަހަރެން އިސްލާން ދީން މައްޗަށް ލޯބިޖެހި ތަރުޙީބުދޭން ފެށީމެވެ.

އެދުވަސްވަރު އަހަރެމެންގެ ރަށަށް އައި ބިދޭސީ ބަޔަކު، މާތްރަސްކަލާނގެ ބަސްފުޅުލިޔެވިގެންވާ ކީރިތިފޮތްކޮޅެއް އަހަންނަށް ދިނެވެ. ހީވާގޮތުން އެއީ އީސާގެފާނު ދެއްކެވި މަގަށް އީމާންވެގެން ތިބި ބައެކެވެ. އެ ހިފައިގެން ގެއަށް އައިސް އަހަރެން އެ ފޮތުން ބައެއްކީމެވެ. އެކަމަކު ޅަދުވަހުން ފެށިގެން އަހަންނަށް ލާދެވެމުން އައިސްފައިވާ އިސްލާމީ ތަޢުލީމު އަހަރެންގެ މައްޗަށްވެރިވެ އޭރުވަނީ އަށަގަންނަން ފަށާފައެވެ. އެހެންކަމުން ކީރިތިފޮތްކޮޅު ވީދާލުމަށްފަހު އެއްލާލީއެވެ. މާލޭގައި ސްކޫލުން ކިޔަވައި ނިމުމުން ސްކޮލަރޝިޕެއްގައި ރާއްޖެއިން ބޭރުގައި ކިޔަވަން ދިޔުމުގެ ނަސީބު އަހަންނަށް ލިބުނެވެ. އަހަރެން ކިޔެވި ތަނުގައި އެކި ދީނުގެ މީހުން އުޅުނެވެ. އެކަމަކު ކްރިސްޓިއަން ދީނުގެ މީހުންނާއި މެދު އަބަދުވެސް އަހަރެންގެ ހިތުގައި ދެކޮޅުވެރިކަން އޮވެއެވެ. އަހަރެން ކިޔަވައިގެން އެބުރި ރާއްޖެ އައިއިރުވެސް އިސްލާން ދީނުގެ ކަންނަމާއިމެދު އަހަރެންގެ ހިތުގައިވާ ލޯބި ވަރަށްވެސް ބޮޑެވެ. ރޯދަމަހު ދިވެހިރާއްޖޭގެ އަޑުން ކިޔާ ސިޔަރަތު އަޑުއެހުމަށް އަހަރެން ވަގުތު ހޯދަމެވެ. އަހަންނަށް ލިބިފައިވާ ޔުނިވަރސިޓީ ތަމްރީނުގެ ސަބަބުން ސިޔަރަތުގައި ކިޔާ އެއްޗެތީގެ މާނައާއި މެދު، ފާޑުކިޔުމުގެ ނަޒަރަކުން ވިސްނެން ފެށުނެވެ. އެހެންނަމަވެސް ދިވެހިބަހުން އޮތް ސިޔަރަތު އަޑުއެހުމަށްފަހު އެއާއި މެދު ފުންކޮށް ވިސްނުމުގެ ފުރުސަތު އެންމެ ފުރަތަމަ ފަހަރަށް އަހަންނަށް ލިބުނެވެ. އަރެންގެ ރަށުން އެންމެ ފުރަތަމަ ފުރުމުގެ ކުރީންވެސް އަހަރެން ސިޔަރަތު އަޑު އަހާ އުޅުނީމެވެ. އެކަމަކު އޭރު އޭގެ މާނައާއި މެދު މާ ބޮޑު ފަރުވާލެއް ނުބަހައްޓަމެވް. އަހަރެމެންގެ ތެރެއިން ގިނަމީހުން ސިޔަރަތު އަޑު އަހަނީ އެކަމުގެ ސަބަބުން ލިބޭނެ ކަމަށް ވަހުމުކުރެވޭ، އައްލޯހުގެ ހެއު ޖަޒާއަށްޓަކައެވެ.

ހުޅަނގުގެ މީހުން ކިޔުމަށްޓަކައި ނަބީ މުހަންމަދުގެ ސިޔަރަތު ލިޔެވެމުން އަންނަނީ ހުޅަނގު މީހުން ސިހުން ނާރާ ގޮތުގެމަތީން މައިރިތި ކޮށްފައެވެ. އަހަރެމެންގެ އަމިއްލަ ބަހުން ލިޔެވިފައި މިއޮތް ސިޔަރަތު، ފާޑުކިޔުމުގެ ކަންފަތަކުން އަޑު އަހަމުން ގެން ދިޔައިރު، އޭގައިވާ ބިރުވެރި ތަފްސީލާއިމެދު އަހަރެން ދިޔައީ ސިހެމުން ފިތް ކެނޑެމުންނެވެ. އެހެންނަމަވެސް، މައްޗަށް ކިޔެވުމަށްޓަކައި އަނެއް ފަހަރު ރާއްޖެއިން ބޭރަށް ދިޔަ އިރުވެސް، އިސްލާން ދީނުގެ ހުރިހާ ކަންކަމާއިމެދު އަހަރެންގެ ފިކުރު ބަދަލުކުރުމަކަށް އަހަރެން އަދި ތައްޔާރެއް ނުވެއެވެ. ޅައިރުންފެށިގެން އަހަރެން ބޮޑުކޮށްފައި ހުރީ، އިސްލާންދީނަކީ އަހަރެމެންގެ ގައުމީ ނިސްބަތުގެ އެންމެ މައިގަނޑު ރުކުން ކަމުގައި ދައްކަމުންނެވެ. ދުނިޔޭގެ ކަންކޮޅުތަނުގައިއުޅޭ އަހަރެމެންގެ އުޚުއްވަތްތެރި އިސްލާމުންނަށް ލިބޭ ކޮންމެ ކާމިޔާބީ އަކަށް އަހަރެން ތަރުޙީބު ދެމެވެ. ކޮންމެ އިހާނެތިކަމެއްގައި ބައިވެރިވަމެވެ. އިރުމަތީ ތައިމޫރު އިންޑޮނީސިޔާއަށް ގެއްލުމުން އަހަރެން ވަރަށް މޮޅިވިއެވެ. އަހެރެން ދުށް ގޮތުގައި އެއީ އެންމެހައި އިސްލާމުންގެ ގައިގައި އަޅާލެވުނު ތަފާލެކެވެ. އެގޮތުން އަހަރެން ގެންދިޔައީ އަހަންނަކީ ފަޚުރުވެރި އިސްލާމެއް ކަމުގައި ދެކެމުންނެވެ.

އަނެއްފަހަރު ރާއްޖެއިން ބޭރަށްގޮސް އަހަރެން އުޅުނުއިރު، އީސާގެފާނުގެ އުފަން ފާހަގަކުރެވޭ ދުވަސްވަރާއި ދިމާކޮށް، މީހަކު ލިޔުނު ސިޓީއެއް އަހަންނަށް ލިބުނެވެ. އެއީ އީސާގެފާނުދެއްކެވި މަގު މީހުނަށް އަންގައިދިނުމުގެ މަސައްކަތުގައި، އަހަރެންގެ ކޮލެޖުގައި އުޅުނު މީހެކެވެ. އީސާގެފާނުގެ އުފަން ފާހަގަކުރެވޭ ދުވަސްވަރު އެކަނިވެރިކޮށް އުޅެފާނެތީ ރަހުމަތްތެރިކަމުގެ ގޮތުން މީހުންނަށް އޭނާ ލިޔުނު ސިޓީއެއް އަހަންނަށްވެސް ފޮނުވީއެވެ. އަހަރެން އޭނާގެ ދީނަށް ހިތްޖެއްސޭނެ ކަމަށް އޭނާއަށް ހީވިއަތީ އަހަރެން ގާތަށް ވަރަށް ރުޅިއައެވެ. ރުޅިއައިވަރުން އޭނާއަށް ސިޓީއެއް ލިޔެންވެސް އުޅުނީމެވެ. އެކަމަކު އަހަރެން ދަންނަ މީހަކު އެކަން ހުއްޓުވީއެވެ. ދެން ކޮންމްއަކަސް ޖެހިގެން އައި އަހަރު، އަހަރެންގެ ކޮލެޖުގައި އުޅުނު، އީސާގެފާނަށް އީމާންވާ އެހެން މީހަކާ ބައްދަލުވިއެވެ. އަހަންނަށް ސިޓީލިޔުނު މީހާ އެހެން ތަނަކަށް ގޮސް، މިހާރު އެތާ ނޫޅޭކަމުގައި މި މީހާ ބުންޏެވެ. ދެން މި މީހާ އާއި ވާހަކަ ދައްކައި، ޚިޔާލުބަދަލުކޮށްލާހިތް ވެއްޖެއެވެ. އެހެންނަމަވެސް ދީނާ ބެހޭ އެވެސް ވާހަކައެ އަހަންނާ ދައްކާ ޚިޔާލެއް މީނާ ނުކުރިއެވެ. ދީނަށް ގޮވާލާކަށްވެސް މީނާއެއް ނޫޅެއެވެ. މިކަމާ ހުރެ އަހަރެން ހައިރާންވީވަރުން، އޭނާ އާއިއެކު އިސާގެފާނަށްތަބާވެގެން ތިބިމީހުން އެއްވާ އެއްވުމަކަށް ގެންގޮސްފާނަންތޯ އަހަރެން އަހައިފީމެވެ. ދެންވެސް އޭނަ ބުނީ އޭނާ ދާ އެފަދަ އެއްވުމަށް ގިނައިން ދަނީ ދުވަސްވެފައިތިބި މީހުންކަމަށް ވާތި އެ ތާގައި އިދެ އަހަރެން ފޫހިވެދާނެ ކަމުގައެވެ. މީނާ މިއީ މީނާގެ ދީން ފޮރުވައިގެން އުޅޭނަމޭ ހީވެގެން އުޅޭ މީހެއްކަމުގައި އަހަންނަށް ލަފާ ކުރެވުމުން އެކަމާމެދު އަހަރެން ވަރަށް ޝައުގުވެރި ވެއްޖެއެވެ. އެހެންވެގެން އީސާގެފާނާބެހޭ މައުލޫމާތު އަހަރެން އަމިއްލައަށް ހޯދުމަށް ގަސްތުކޮށްފީމެވެ. މީގެކުރިން އަހަންނަށް އީސާގެފާނާއިބެހޭގޮތުން އެނގިފައިހުރިނަމަ ހުރި އެއްޗެއް އެނގިފައި ހުރީ އިސްލާމީ ނަޒަރަކުންނެވެ. އަހަރެން ހޯދި ހޯދުމުގެ ސަބަބުން އެކަލޭގެފާނާއިބެހޭގޮތުން އިސްލާން ދީނުގައި އޮންނަގޮތް ނޫން ގޮތަކަށް ހުރި މައުލޫމާތު، ފުރަތަމަފަހަރަށް އަހަންނަށް ފެނުނެވެ.

އަހަންނަށް މި އެގުނު އެޗިއްސާހެދި އަހަރެން ހައިރާންވެ އަންތަރީސް ވާން ޖެހުނެވެ. އަބަދުގެއަބަދަށް ދެމިއޮންނަނިވި ހަޔާތެއް އީސާގެފާނު އަހަރެމެންނަށް ކަށަވަރުކޮށްދެއްވަވައެވެ. އަހަރެމެންގެ މައްޗަށް އެކަލޭގެފާނު ބަހައްޓަވާވޮޑިގެންވަނީ ލޮބުވެތިކަމުގެ މިނެއްނެތް ލޯތްބެކެވެ. ހަމަ އެފަދައިން، އެ ލޯތްބަކީ އެއްވެސް ޝަރުތަކާއިނުލައްވައި ދެއްވަވާ ލޯތްބެކެވެ. އަހަރެންގެ ރައްޓެހިންނާއި ގާތް ތިމާގެ މީހުން ކުރެން އަހަމުން އައިސް، އެހާތަނާއި ޖެހޭންދެން އެއްވެސް ގޮތަކަށް އޮޅުން ނުފިލާހުރި ކަންކަމުގެ ޖަވާބު ކުއްލިއަކަށް ލިބިއްޖެއެވެ. އެހިސާބުންފެށިގެން ފަސްޖެހުމެއް ނެތްކަން އަހަންނަށް އެގިއްޖެއެވެ. ކޮލެޖު ނިމިގެން ވަރަށް ގިނަދުވަހު، އެތާ ކައިރީގައި ހުންން ދުޢާ ކުރާ ތަނަކަށް ދާން ފަށައިފީމެވެ. ޣައިބުގައިވާ ކޮންމެވެސް މީހަކު އަހަންނަށް މަގުދައްކަމުން އަހަންނާއި އެކުގައި އެތަނަށް ދާކަމުގައި އަހަންނަށް އިހުސާސް ކުރެވުނެވެ. އެތާގައި އަހަރެން އެކަނި އިދެ، އެތައް ދުވަހަކު ދުޢާކުރީމެވެ. އޭގެ ނަތީޖާއެއްގެގޮތުން، އީސާގެފާނީ އަހަރެން ދިންނެވި، ކައުވަންތަވެރި ސާހިބާ ކަން، ހިތުގައި އެއްވެސް ޝައްކެއްނެތި ތެދުކޮށް ކަށަވަރުކޮށްގަތީމެވެ. އީސާގެފާނަށް އަހަރެން ތަބާވެ އީމާންވާކަން ދޭހަވާ ރަމްޒެއްގެ ގޮތުން، އޭގެ ދުވަސްކޮޅެއް ފަހުން އަހަރެން އީމާން ކަމުގެ ހިނެއިމުން ހިނައިގަތީމެވެ. އެ މަތިވެރި ވަގުތު މާތްރަސްކަލާނގެ މާތް ރޫޙުފުޅު އަހަރެން ބަލާގަތް ހިނދު އެލިބުނު އިނތިހާ ދަރަޖައިގެ އަސަރަކީ ބަޔާން ނުކުރެވޭފަދަ އަސަރެކެވެ! އަހަރެންގެ އިސްކޮޅުން އުފުލި، އިލާހީ ލޯބިވަންތަވެރިކަމުން އަހަރެން ވަށައިލެވުނުފަދައެވެ!

އީސާގެފާނަށް އީމަންވުމުން އަހަރެންގެ ދިވެހިވަންތަކަމަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އަހަރެންނަށް ކުޑައިރުންފެށިގެން އަންގައިދީފައި އޮންނަނީ މިއާއި ޚިލާފަށެވެ. މިރާއްޖޭގައި އުޅޭ، އީސާގެފާނަށް ތަބާވާ އެހެން ދިވެހީންނަކީވެސް ނިޔަނެތި، އާދައިގެ ދިރިއުޅުން ގެންގުޅޭ މީހުންނެވެ. ހުރިހާގޮތަކުން ދިވެހިވަންތަކަން ފުރިހަމައަށް ދައްކުވައިދޭ މައް ދިވެހީންނެވެ. އެތައް ގޮތަކުންބަލާއިރު، ބައެއް އެހެން ދިވެހީންނަށްވުރެން އަހަރެމެން ވަޒަންދެކެވާ ލޯބި އެތައް ގުނައަކަށް އިތުރުކަމުގައި ދެކެމެވެ.

އީސާގެފާނު ދެއްކެވި މަގުން ހިނގާ މީހެއްގެ ގޮތުން، މާތްކަލާނގެ ލޮބުވެތި ލޯބިވަންތަވެރިކަން ލިބިގެންވާކަން އަހަންނަށް ކަށަވަރުކުރެވެއެވެ. އެތަކެއް އަހަރުގެ ކުރިން އަހަރެން ގުރޭޑު 3 ގައި އުޅުނު އިރު، ކުޑަކުޑަ މިސްކިތެއްގައި އިންދައި މާތްރަސްކަލާނގެ އަހަރެން ކޮބައިތޯބެއްލެވިއެވެ. އެއްވެސް އާރެއްބާރެއްނެތް، މި އަޅާގެ ނަން ދެނެވޮޑިގަނެ، އަރަހުށި މާތްރަސްކަލާނގެ މިއަޅާގެ މައްޗަށް ބައްލަވާވޮޑިގަތްކަމީ އަންތަރީސްވާވަރުގެ ކަމެކެވެ. އަހަރެންގެ ކޮންމެ ފިޔަވަޅަކަށް މަގުދައްކަވަމުން، ދިރުންލިބިގެންވާގޮތެއްގެމަތީން އެކަލާނގެ ރަސްކަންފުޅަށް އަހަރެން ކުއްތަންކުރެއްވިއެވެ.