އަޅުގަނޑުމެން ޤަބޫލް ކުރާ ގޮތްތައް

އަޅުގަނޑުމެން ޤަބޫލްކުރަނީ ކޮން އެއްޗެއް.

އަހަރެމެން ހައްދަވާފާއި ވަނީ މާތްރަސްކަލާނގެ ސިފަފުޅުތަކުންނެވެ.
އަޅުގަނޑުމެން ޤަބޫލް ކުރާ ގޮތުގައި މާތްރަސްކަލާނގެ އަޅުގަނޑުމެން ހައްދަވާފައިވަނީ އެކަލާނގެއަށް މިލްކުވެ ވޮޑިގެންވާ ބައެއް ސިފަފުޅު ތަކާ އެކުގައެވެ. (މިސާލަކަށް، އުފާވުން، ދެރަވުން…..) މާތްރަސްކަލާނގެ އިންސާނާ އުފެއްދެވިއެވެ. އަޅުގަނޑުމެންނީ އެކަލާނގެ ހިޔާލްފުޅެވެ. އެކަލާނގެ އަޅުގަނޑުމެން ކޮންމެ މީހަކާމެދު ވަކި ވަކި ރޭވުންފުޅު ތަކެއް ރާއްވަވާފައި ވެއެވެ. އެކަލާނގެ އަޅުގެޑުމެން އުފައްދަވާފައި ވަނީ މައިގަޑު ދެ ބޭނުންފުޅަކަށް ޓަކައެވެ. އެއީ އަޅުގަނޑުމެންގެ ކިބައިން އުފާ ލިބިގަތުމާއި އެކަލާނގެ ކިބަފުޅަށް އަޅުކަންކުރާނޭ ބައެއް އުފަންކުރެއްވުމެވެ. އަޅުގަނޑުމެންގެ ހިތުގެ އެންމެ ފުންމިނުން އެކަލާންގެ މި ބޭނުންފުޅުތައް ފުއްދައި ދިނުމަށް ފުރިހަމައަށް އިޖާބަދޭން ޖެހެއެވެ. ކަންކަމާމެދު ވިސްނުންމާ، ތަފާތުކަންކަން އިހުސާސް ކުރުމާ، ވަޒަންކޮށް ކަންކަން ބޭނުން ގޮތަކަށް ނިންމުމުގެ އިހުތިޔާރު އެކަލާނގެ އަޅުގަނޑުމެނަށް ވަނީ ދެއްވާފައެވެ. މާތް ރަސްކަލާނގެއީ ހުރިހާގޮތަކުންމެ ފުރިހަމަވެވޮޑިގެންވާ އަދި އެއްވެސް އުނިސިފަފުޅެއް ލިބިވޮޑިގެންނުވާ ރަސްކަލާނގެއެވެ.

އިންސާނާގެ ހާލަތު
އެންމެ ފުރަތަމަ މާތްރަސްކަލާނގެ އުފެއްދެވި އިންސާނުންގެ ނުކިޔަމަންތެރި ޢަމަލް ތަކުގެ ސަބަބުން އިންސާނާއާ އެކަލާނގެ ރަސްކަންފުޅާ މެދު އޮންނަ ގާތްކަން ނެތިދިޔައެވެ. އަޅުގަނޑުމެންނަށް ރަގަޅު ގޮތަކީ ކޮބައިކަން އެގިހުރެވެސް ނުބައިކޮށް އުޅެއެވެ. އެހެނިހެން މީހުންގެ ބޭނުން ތަކަށްވުރެ ކުރިއަށް އަމިއްލަ އެދުން ނެރެއެވެ، ތިމާ ދެކޭގޮތް އެއީ މޮޅުގޮތް ކަމަށް ދެކި ބާރާއި މުދާވެރިކަމާ، އުފާ ލިބިގަތުން މާތްރަސްކަލާނގެ ރަސްކަންފުޅު ދެކެ ލޯބިވުމާއި އެކަލާނގެ ދެކެ ބިރުވެތިވުމަށް ވުރެ އިސްކަން ދެއެވެ. އަޅުގަނޑުމެން ވަނީ ބޮޑާވެގަތުމާ އަމިއްލައެދުން ފަދަ ސިފަތައް އަޅާލުމާ އޯގާތެރި ވުމަށް ވުރެ ކުރިއަށް ނެރެވެފައެވެ. އަޅުގަނޑުމެން ކިތަންމެ ވަރަކަށް މަސައްކަތް ކުރިނަމަވެސް މާތްރަސްކަލާނގެ ކިބަފުޅުން އަޅުގަނޑުމެންނަށް ލިބޭ ލިބުންތަކާ ހަމަހަމަ ކުރުމަށް އަޅުގަނޑުމެންގެފަރާތުން ކުރެވޭނެ އެއްވެސް ގޮތެއް ނެތެވެ. އަދި އެންމެފަހުން އަޅުގަނޑުމެން ގެންގުޅޭ ވިސްނުން ތަކާ ހަރަކާތްތަކަށް އެކަލާނގެ އިންސާފު ކުރައްވާނެއެވެ. އަޅުގަނޑުމެންނީ އިންސާނުނަށް ވީހިދު އެއްވެސް މީހަކަށް އެކަލާނގެ އިރާދަ ފުޅަށް އެއްވެސް ބަދަލެއް ގެނެއުމުގެ ކުޅަދާނަ ކަމެއް ލިބިގެނެއް ނުވެއެވެ. ހެޔޮ އަމަލްތައް ފާފައަކައް ހެދިދާނެ ހެއްޔެވެ. ނުބައި އަމަލްތައް ނުކުރާ ކަމަކަށް ހެދިދާނެ ބާއެވެ؟ ނޫނީ ނުބައި އަމަލް ތަކުގެ އަގު ފައިސާއިން ދެއްކިދާނެ ހެއްޔެވެ؟ މިއިން އެއްވެސް ކަމަކުން އަޅުގަނޑުމެންނާ މާތްރަސްކަލާނގެ ރަސްކަންފުޅާ ހަމަހަމަ ވެވޭނެ އެއްވެސް ގޮތެއް ނެތެވެ.

މާތްރަސްކަލާނގެ ގެންނެވި ހައްލުފުޅު
އެކަލާނގެއީ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ. އަޅުގަނޑުމެންގެ ނަފުސުގެ ސަލާމަތްކަން ހޯދެން އަޅުގަނޑުމެންނަށް ނެތްކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. ވީމާ މިކަމަށް ފުރިހަމަ ހައްލުފުޅެއް ގެންނެވިއެވެ. އެހެނީ އެކަލާނގެއީ އަޅުގަނޑުމެންދެކެ އިންތިހާއަށް ލޯބިވެ ވޮޑިގެންވާ ކުޅަދުންވަންތަ ކީރިތިވަންތަ މާތްރަސްކަލާނގެ އެވެ. މިގޮތުން އީސާ އަލްމަސީހު އަޅުގަނޑުމެންގެ ފާފައިގެ ޤުރުބާނެއްގެ ގޮތުގައި އެކަލާނގެ ލެއްވިއެވެ. އެކަލާނގެ އެކަލޭގެފާނު ސުވަރުގެއިން ބިމަށް ފޮނުއްވައި ކުއްވެރިއެއް ފަދައިން ސޮލީބުގައި އޮވެ އަޅުގަނޑުމެންގެ ފާފަތަކުގެ ޤުރުބާނަކަށް ހެއްދެވިއެވެ. އެކަލޭގެފާނުން އަވަހާރަވި ވުމަކީ އަޅުގަނޑުމެންގެ ފާފައިގެ އަގު ކަމުގައި ލެއްވިއެވެ. މިއަދު މާތްރަސްކަލާނގެ އެންމެހާ އިންސާނުން ނަށް ދަޢުވަތު ދެއްވަވާފައިވަނީ އީސާ އަލްމަސީހަކީ އެކަލާނގެ އަޅުތަކުންގެ ފާފައިގެ ޤުރުބާން ކަމުގައި ޤަބޫލް ކުރުމަށެވެ. މި ޤަބޫލް ކުރެއްވުމަކަށް އެކަލާނގެ އެއްވެސް އަގެއް ނުނަންގަވައެވެ. އެކަމަކު ތެދު ހިތުން މި ޤުރުބާން ފުޅު ޤަބޫލް ކުރާ ކޮންމެ މީހަކުމެ އެމީހެއްގެ ފާފަ އެމީހަކު އަމިއްލައަށް ނުފުއްސެވޭނެ ކަން ޤަބޫލް ކުރަންޖެހެއެވެ. އަދި މާތްރަސްކަލާނގެ ރަސްކަންފުޅުގައި އެކަލާނގެ ފޮނުއްވި އީސާއަލްމަސީހު ޤަބޫލް ކުރާކަމަށް ދަންނަވަން ޖެހެއެވެ.

އާ ދިރި އުޅުން

މާތްރަސްކަލާނގެ ވަޢުދުވެ ވަޑައިގަންނަވާފައިވާ ގޮތުން އީސާއަލްމަސީޙު ޤަބޫލް ކުރައްވާ ކޮންމެ ފަރާތަކީ މުޅިން އާމީހެއް ކަމުގައި ވާނެ އެވެ. އަދި އެމީހާއަށް މުޅިން އާ ދިރިއުޅުމެއް ލިބޭނެ އެވެ. އެފަދަ މީހުން ނީ

  • އެމީހުން ގެ ފާފަތައް ފުއްސަވާފައިވާ ބައެކެވެ.
  • އެބައިމީހުން ހެއްދެވި އެބައިމީހުންގެ ވެރި ރަސްކަލާނގެ އާމެދު އާއިލީ ގާތް ގުޅުމެއް އުފެދިފައިވާ ބައެކެވެ
  • އެބައިމީހުންނަކީ މުޅި ދުނިޔެއަށް ފެތުރިފައިވާ މާތްރަސްކަލާނގެ އާއިލާގެ މެމްބަރަކަށް ވެފައިވާ ބައެކެވެ
  • އެބައިމީހުނަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ބައްޕާއޭ ކިޔާ މުޙާތަބު ކުރުމުގެ ޙައްޤު ލިބިގެންވާބައެކެވެ
  • އެބައިމީހުން ގެ ހިތުގެ ފުންމިނުގައި މާތްރަސްކަލާނގެ ރޫޙުފުޅު އަށަގަނެފައިވާ ބައެކެވެ
  • އެބައިމީހުންނަކީ މަރުވުމަށް ފަހު ސުވަރުގެ ލިބޭނެ ކަމުގެ ޔަޤީންކަންވާ ބައެކެވެ
  • އެބައިމީހުނީ މާތްރަސްކަލާނގެ އަމުރު ފުޅުތަކަށް ކިޔަމަންވެ އެކަލާނގެ ހިތްޕުޅު ހަމަޖެހޭގޮތަށް އުޅެން ދަސްވެފައި ވާ ބައެކެވެ
  • އެބައިމީހުންނީ އަމިއްލަ އެދުމާ އިބިލީހުގެ ވަސްވާހުން ރައްކާތެރި ވުމުގެ ބާރު ލިބިފައިވާ ބައެކެވެ
  • އުފައުވެރި ކަމާ ސުލްޙަވެރިކަމާ އަދި ދަތި ޙާލުގައި ވީނަމަވެސް އުޅެން ދަންނަ ބައެކެވެ
  • ކޮންމެ ފަދަ ޙާލަތެއްގައި ވީނަމަވެސް މާތްރަސްކަލާނގެ ލޯތްބާއި ރައްކާތެރިކަން ލިބިފައިވާ ބައެކެވެ
  • މާތްރަސްކަލާނގެ ރަސްކަންފުޅަށާ އެހެން މީހުންނަށް ޙިދުމަތް ކުރުމަށް ޓަކާ ރޫޙާނީ އެތަށް ހަދިޔާ ތަކެއް ލިބި ލިބި ތިބޭ ބައެކެވެ

މާތްރަސްކަލާނގެ ބޭނުންފުޅުވެ ވޮޑިގެންވަނީ ދުނިޔޭގައިވާ އެންމެހާ މީސްތަކުންނަށްވެސް އެކަލާނގެ މި އާދިރި އުޅުމުގައިވާ އުފާ ފާގަތިކަން ހާމަކޮށް ދިނުމަށެވެ. އެކަލާނގެ މިމަސައްކަތްޕުޅު އަމާޒު ކުރެވިފައިވަނީ އެންމެހާ ސަޤާފަތް ތަކަށެވެ، ދުނިޔޭގައި ވާހަކަ ދައްކާ ހުރިހާ ބަސްބަހަށާ، ޤަބީލާތަކާ، ޤައުމު ތަކަށެވެ. އީސާގެފާނަށް ތަބާވާ ކޮންމެމީހަކުމެ މިދުނިޔެވީ ތަސައްވަރުގައި ބައިވެރިވެ އަލްމަސީހްގެ ވާހަކަތަށް އަންގާދިނުމުގައި ބައިވެރިވާށެވެ.


Fatal error: Uncaught wfWAFStorageFileException: Unable to save temporary file for atomic writing. in /home/xmh91u9nnow5/public_html/sidahitun/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:34 Stack trace: #0 /home/xmh91u9nnow5/public_html/sidahitun/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/xmh91u9nn...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/xmh91u9nnow5/public_html/sidahitun/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 34